ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފި
ސަރުކާރުގެ ބައެއް ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ޢައްޔަންކުރެއްވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ބައެއް ވުޒާރާތަކަށް ބަދަލު ގެންނަވައި އެ ވުޒާރާތަކަށް ވަޒީރުން ޢައްޔަން ކުރެއްވީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު، ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް ވަޒީރުންގެ މަޖިލީހަށް އަލަށް ގެންނެވި ބަދަލުތަކުގެ ދަށުން...