ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ދަ ޑިކޮމްރެޓްގެ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިރޭ ހޮވައިފިއެވެ.

މި ދެ ބޭފުޅުން މި މަގާމުތަކަށް ހޮވާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ.

Ad
rt

މި ދެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ ދެ ބޭފުޅުންނެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމާއި ނައިބުގެ މަގާމު ހުސްވީ އެ ޕާޓީގެ ރައީސްކަމުން ހަސަން ލަތީފް އިސްތިއުފާ ދެއްވާފައިވާތީ އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ) ވެސް ޕާޓީން ވަކިވުމުންނެވެ.

އެ ދެބޭފުޅުން ވެސް މިހާރު ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގެ މުގުލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިވަގުތު އެއްވެސް ޕާޓީއެއްގައި އެމަނިކުފާނު އަމަލީ މަސައްކަތް ކުރަށްވަން ބޭނުންފުޅު ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ފެޔަށްޖެހިވަޑައިގަންނަވަން ބޭނުންފުޅު ނޫންކަަމަށެވެ.