މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,729 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޕީޕީއެމް ވެސް އުވާލައި ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފި
Raajje

ޕީޕީއެމް ވެސް އުވާލައި ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މިއަދު އުނިކޮށްފިއެވެ. އެ ނިންމުން ނިންމިކަން ހާމަކޮށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ޕީޕީއެމް ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް […]

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
Raajje

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެކަމަށް ރައީސް ޑރ.ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހޯރަފުށި ހިމެނޭ އިހަވަންދިއްޕޮޅު ސަރަޙައްދުގައި ”މޯލ...

ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް
Raajje

ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް

މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހއ. ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ހޯރަފުށީ...

އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި
Thiladhunmathi News

އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި

ހއ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިހަވަންދޫ ހުރަވީ ވޮލީ ކޯޓާއި ހިންނަ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. މި ދެތަނަކީ ވެސް ސަރުކާރުގެ […...

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި
Thiladhunmathi News

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި

ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އިއްޔެ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މިތަނާ...

އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Raajje

އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް އެރަށުގައި ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސް، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާ...

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ  ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި އާރުޑީސީގ...

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް
Raajje

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގައި އެ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދިޔަކަން ފާހަގަކުރަށްވާފައެ...

ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށަނީ
Thiladhunmathi News

ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށަނީ

އަންނަ ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ރަށުގައި އަޅާ ހޮސްޕިޓަލްގެ ޢިމާރާތް އެޅެންދެންވެސް ޚިދުމަތްތަކަށް ރަނގަޅު ފެންވަރެއް...

ރައީސް ދެއްވީ މާރަންދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުތެރޭ ފެށޭނެކަމުގެ ޔަގީންކަން
Thiladhunmathi News

ރައީސް ދެއްވީ މާރަންދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުތެރޭ ފެށޭނެކަމުގެ ޔަގީންކަން

ހއ. މާރަންދޫގެ ތަރައްގީއަށް ބޭނުންޖެހިފައިވާ ގިނަ ކަންކަން އަމަލީގޮތުން މިއަހަރ ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލެއްގެ ގޮތުގައި މާރަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އިންތިޚާބުގެ ތެރޭގައި ޖުމުލަގޮތެއްގައި އެމަނިކުފާނު މާރަންދޫއަށް ވެވަޑައިގަތް ވަޢުދު...

ހއ. އަތޮޅު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށަނީ
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށަނީ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި ވިދ...

ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް
Raajje

ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް

ހއ. ތަކަންދޫ ބަނދަރުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލެއްގެ ގޮތުގައި ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ތަކަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވި...

އެމްއާރުއެމް އުވާލަން ނިންމައިފި
Raajje

އެމްއާރުއެމް އުވާލަން ނިންމައިފި

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން މިއަދު ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމަފައިވާކަމަށް އީސީން ބުންޏ...

ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ
Raajje

ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ހއ. ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ފަތާ ޓްރެކް ހެދުމާއި، ރަ އޮޑިދޯނިފަހަރާ ގުޅޭ މަސައްކަތަށް ބޭނުންވާ ސަރަޙައްދެއް ހެދުމާ...

ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް
Raajje

ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް

ޤައުމަކަށް ވިޔަސް، ރަށަކަށް ވިޔަސް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީ...