މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އައްޔަންކޮށްފިއެވެ.
ޝަރީފް އެ މަގާމަށް އައްޔަނު ކުރުމުން މަރުހަބާ ކިޔައި، އެމްޓީސީސީން ބުނީ އޭނާގެ ތަސައްވުރާއި ލީޑަޝިޕުގައި އެ ކުންފުންޏަށް ކާމިޔާބީގެ އައު އުސްމިންތަކަކަށް ދެވޭނެ ކަމުގެ އިތުބާރު އޮތް ކަމަށެވެ.
އަމިއްލަ ވިޔަފާރީގައި އުޅުއްވާ ޝަރީފް ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް)ގެ ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
އެމްޓީސީސީގައި އިތުރު ޑީއެމްޑީއެއް ވެސް ހުންނަވައެވެ. އެއީ ރައީސް ޔާމީން ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި މުހައްމަދު ޖަމްޝީދެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކީ ރިޓަޔަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.
އެ ކުންފުންޏަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫޢޫތައް ހިންގަމުން އަންނަ ދައުލަތުގެ ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!