ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު، މިއަދު ހެނދުނު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޭސީސީ އަށް ޢައްޔަނުކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.

Ad
rt

‎މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

‎ރ. އަލިފުށި، ފަސާނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އީސީ އަށް ޢައްޔަނުކުރެއްވީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ. ‎