ކިރީތި ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރަށްވައިފިއެވެ.

މި ދެ ދަރިވަރުންނަކީ މުރުން 12 އަހަރުގެ ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ، އދ. މަހިބަދޫ) އާއި އުމުރުން 17 އަހަރުގެ އާމިނަތު އިލްމާ ޠަލްޙަތު (މއ.ރިހި ރާޅު، މާލެ) އެވެ.

Ad
rt

ވަޒީރު ވަނީ ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި މި ދެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުތައް އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުންތަކުގައި ވަޒީރު ވަނީ މި ދަރިވަރުން ހޯދެއްވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

މި ދެކުދީންގެ ތެރެއިން އަލްޙާފިޡް ޒަލަފް ބިން ނާފިޢު ޙާފިޡް ކަމުގެ ސަނަދު ހާސިލްކުރީ 12 ޖަނަވަރީ 2025 ގައެވެ. އަލްޙާފިޡާ އިލްމާ ކީރިތި ޤުރުއާން ހިތު ދަސްކޮށް ނިންމާފައިވަނީ 2025 ޖަނަވަރީ 12 ވަނަދުވަހުގައެވެ.

ޤުރްއާން ހިތުދަސްކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަގުވަޒަންކުރަށްވައި އިނާމް ދެއްވަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އިނާމާއި، މެޑެއްޔާއި އަދި ހަނދާނީ ލިޔުމެވެ.