އަންހެނުންގެ ކޮމިޓީތަކަށް މުސާރައާއި ރޯދަ އިނާޔަތް ދިނުމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ބަޔާންކޮށް މަޖިލީހުން އިއްޔެ ފާާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ އިއްޔެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދެއްކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައ...