މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ވެސް ސަރުކާރުގެ ރަސްމީ ގަޑިއަކީ މިދިޔަ އަހަރު ތަކެކޭ އެއްގޮތަށް ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ރޯދަ މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށެވެ.
ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، 6 މާރިޗު 2022 ގައެވެ.
ރާއްޖޭގައި ބޭނުންކުރާ މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާރިޗް މަހުގެ 1 ވަނަ ދުވަހެވެ. އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހަކީ މާރިޗް މަހުގެ 31 ވަނަ ދުވަހެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހާއި، ޢީދު ދުވަސް ކަނޑައަޅާނީ ހަނދު ބެލުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!