ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 އަށްވުރެ ގިނަ ސިނގިރޭޓް ކާޓޫނު ވަގަށް ނަގައިފިއެވެ.
ފުލުހުން މިރޭ ބުނީ 17 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭގަނޑު ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 އަށްވުރެ ގިނަ ސިނގިރޭޓް ކާޓޫނު ވަގަށް ނެގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!