މަޖީދިއްޔާ ސްކޫލުގެ އައު ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފިއެވެ.

މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ދީދީ ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މަޤާމަށް މީހަކު ހޯދުމަށް ފާއިތުވި މަހު އިއުލާން ކުރިއެވެ. މުޖާހިދު އެ މަގާމަށް ހޮވުނު މި ފުރުސަތުގެ ދަށުން ކުރިމަތިލައިގެންނެވެ.

Ad
rt

ތައުލީމީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މުޖާހިދު، މިއަދުން ފެށިގެން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އޭނާގެ ކެރިއަރުގައި ދާންދޫ ސްކޫލުގެ ފިޒިކްސްއާއި ހިސާބު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން މުޖާހިދު ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު ވަޒީރުކަން ވެސް ކުރަށްވާފައެވެ.

މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކެރިއަރުގައި އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި ލީޑިން ޓީޗަރުގެ މަޤާމު އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު ފުރުއްވާފަވެއެވެ.