މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރިކުރަށްވައިފި
އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ. މިކަމާއި ގުޅިގެން އެކަމަނާވަނީ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ. މި ޕޯސްޓްގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެކަމަނާ ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. މި ޕޯސްޓްގަައި އެކަމަނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކ...