ބ. ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަޚަމްވެ، ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 1:52 ހާއިރުއެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހިނގި މައްސަލައެއް އެ އިދާރާއަށް ވަނީ ރޭ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ފިރިހެނެއް ޒަޚަމްވެގެން ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުން މި ހަމަނުޖެހުމުގައި ފިރިހެންމީހާ ވަނީ އޭނާގެ އަމިއްލަ ނަފްސަށް އަނިޔާ ދީފައެވެ. ނަމަވެސް މިކަން ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.