ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޙިކުމާ އެ މަޤާމަށް މަޤާމަށް ޢައްޔަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި މަގާމުގެ ހުވައި ކުރެއްވުމުގެ އިތުރުން މި ރަސްމިއްޔާތުގައި ހިކުމާ ޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި ޙިކުމާ މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ.

ޙިކުމާ އަކީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ ގެންދަވަނީ މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން ކޯސް ފުރިހަމަކުރަށްވަމުންނެވެ.