މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ރޭ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ރޭ މެންދަމު 2:55 ހާއިރު ވަނީ އެ އިދާރާއަށް ރިޕޯޓެއް ލިބިފައެވެ.

Ad
rt

މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ވެއްޓިފައި އޮތް މީހާ ނަގައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ އިތުރު ތަފްސީލް އަދި ނުލިބޭއިރު، އެ ހާދިސާ މައްސަލައެއްގެ ގޮތުގައި ތަހްގީގްކުރުމާއި ގުޅޭ ގޮތުން ވެސް ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.