މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,966 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އުފެއްދުންތެރިކަމުގެ މައުރަޒު އާންމުންނަށް ހުޅުވާލުން މިރޭ، ހަވާ އަރުވާނެ
Raajje

އުފެއްދުންތެރިކަމުގެ މައުރަޒު އާންމުންނަށް ހުޅުވާލުން މިރޭ، ހަވާ އަރުވާނެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 މިރޭ އާންމުންނަށް ހުޅުވާލާނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ. މަޢުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. އެމްއެންޑީއެފުން ބުނީ މި މައުޒަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން މިރޭ 20:45 ގައި ހަ...

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް
Raajje

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މި ކްލިނިކް ހުޅުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދ...

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
International

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޯޓުގެ އަމުރަކުން ކުޑަ ވަގުތުކޮޅަކަށް ސޮއިކުރުން ލަސްވުމަށްފަހު، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް ނިންމާފައިވާކަމަށް އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ މެންދުރުފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓާމަރ ވިދާޅުވީ މި އެއްބަސްވުމަކީ އެ ޤައުމުގެ ދިފާޢާއި އިންޓެލިޖެންސްއަށާއި އަދި އިނގިރޭސި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ބިލިއަން ޑޮލަރުތަކެއ...

ހާވާޑަށް ބިދޭސީ ދަރިވަރުން އެންރޯލްވުމުގެ ފުރުސަތު ބަންދުކޮށް ހަރުކަށި ފިޔަވަޅު އަޅައިފި
International

ހާވާޑަށް ބިދޭސީ ދަރިވަރުން އެންރޯލްވުމުގެ ފުރުސަތު ބަންދުކޮށް ހަރުކަށި ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން އެންރޯލްވުމުގެ ފުރުސަތު ބަންދުކޮށްފިކަމަށް އެ ޤައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފިއެވެ. ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވިދާޅުވެފައިވަނީ ޓްރަމްޕްގެ އިދާރާއިން ހާވަޑް ޔުނިވަރސިޓީގެ ކެމްޕަހުގައި އަނިޔާވެރިކަމާއި، ޔަހޫދީންނަށް ދެކޮޅު ހަރަކާތްތައް ހިންގުމާއި، އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސަބަބު...

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ސަރުކާރުގެ ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯ އަށް
Business

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ސަރުކާރުގެ ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯ އަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) ހޯދައިފިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ހޯދި ސްޓެލްކޯ އަށް އިނާމް ހ...

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
Raajje

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ. މިގޮތުން މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ލިބުނު 5 އުފެއްދުމުގެ ތެރޭގައި ހިމެނިގެން ރަން ވަނަ ލިބުނީ ކްރެއޭޓިވް އާޓްސްގެ ދާއިރާއި...

ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި
Raajje

ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ރައުދު ވަނީ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް އޮތީ ސާފުނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަލުން އަނެއްކާ ވެސް ރައުދު މިއަދު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މަރުގެ މައްސަލާގައި، އޭނާއާއެކު އެންމެފަހުން އުޅުނު ކަމަށް ބެލެވޭ […]

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
International

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން މަސައްކަތްކުރި އިންޑިއާ އަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ޙައްޖު ހުއްދަ ނެތް 22 ވިސާ ހޯލްޑަރުން އުފުލުމުގެ ކުށުގައި އިންޑިއާގެ ރައްޔިތެއް ޙައްޖު ސެކިއުރިޓީ ފޯސްއިން ވަނީ ހައްޔަރުކޮށްފައެވެ. ޙައްޖު ޤަވާޢިދުތަކާއި ޚިލާފްވާ މީހުންނަށް ކަނޑައެޅިފައިވާ އަދަބު މި އިންޑިއާ މީހާގެ މައްޗަށް ކަނޑައެޅުމަށްޓަކައި ކަމާބެހޭ ފަރާތަށް ފޮނުވާފައިވާކަމަށް ވެސް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ. އެޕްރ...

ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 8.88 ބިލިއަން ރުފިޔާއަށް
Raajje

ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 8.88 ބިލިއަން ރުފިޔާއަށް

2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) 8.88 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ބުނެފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި ހަފުތާގައި އެމް.ބީ.އެސްއިން ޝާއިޢުކުރި މެއި މަހުގެ ރިޕޯޓުގައި ހިމެނެނީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށ...

އެމެރިކާގައި ބަޑިން ހަމަލާދީ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފަކު މަރާލައިފި
International

އެމެރިކާގައި ބަޑިން ހަމަލާދީ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފަކު މަރާލައިފި

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމްގެ ކައިރީގައި ބަޑިން ހަމަލާދީ އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފުކު މަރާލާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ބުނެފިއެވެ. ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ ރޭ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމެއްގައި ބޭއްވި ހަފްލާއަކުން ނުކުތް، އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފައެވެ. އިސްރާއީލްގެ ފޮރިން މިނިސްޓަރު...

ލިވަޕޫލާއެކު ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިރާއިން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި
Raajje

ލިވަޕޫލާއެކު ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިރާއިން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އެހީތެރިވުމަށް މިހާރު ރާއްޖެ އައިސްގެން އުޅޭ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ބައްދަލުކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރަށްވައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އޑް އެންވަޔަރަންމަންޓް އިން ބުނީ ލިވަޕޫލްގެ ވަފުދާއި ބައްދަލުކުރަށްވައި މިނިސްޓަރު ތޯރިގް ވަނީ ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކ...

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު
Raajje

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ދެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި ދެ މަޤާމު ހުސްވީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12:00 އަށެވެ. މުއްދަތު ހަމަވިއިރު ޖުމްލަ 12 ބޭފުޅަކު ވަނީ […]

މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި
Raajje

މަކަރާއި ހީލަތުން އެއް ހަފްތާގެ ތެރޭގައި 480,000 އަށްވުރެ ގިނަ ރުފިޔާ އަތުލައިފި

ފާއިތުވި ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން 480,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަތުލައިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 481,520.67 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 80 އިންސައްތައެވެ. މި މުއްދަތުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް […...

ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް: ރައީސް
Raajje

ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް: ރައީސް

ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ރ...

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި
Raajje

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި އިޞްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް...