ޙައްޖު ހުއްދަ ނެތް 22 މީހަކު މައްކާއަށް އެތެރެކުރަން މަސައްކަތްކުރި އިންޑިއާ އަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ޙައްޖު ހުއްދަ ނެތް 22 ވިސާ ހޯލްޑަރުން އުފުލުމުގެ ކުށުގައި އިންޑިއާގެ ރައްޔިތެއް ޙައްޖު ސެކިއުރިޓީ ފޯސްއިން ވަނީ ހައްޔަރުކޮށްފައެވެ.

Ad
rt

ޙައްޖު ޤަވާޢިދުތަކާއި ޚިލާފްވާ މީހުންނަށް ކަނޑައެޅިފައިވާ އަދަބު މި އިންޑިއާ މީހާގެ މައްޗަށް ކަނޑައެޅުމަށްޓަކައި ކަމާބެހޭ ފަރާތަށް ފޮނުވާފައިވާކަމަށް ވެސް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެޕްރީލް 29 އިން ފެށިގެން ޛުލްޙިއްޖާ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މައްކާ މުކައްރަމާއަށާއި މުޤައްދަސް ތަންތަނަށް ވިސިޓް ވިސާގައި ތިބޭ މީހުން އުފުލާ ނުވަތަ އުފުލަން މަސައްކަތްކުރާ މީހުންނަށާއި، އަދި ވިސިޓް ވިސާގައި ތިބޭ މީހުންނަށް ހިޔާވަހިކަން ދޭ ނުވަތަ ހިޔާވަހިކަން ދޭން މަސައްކަތްކުރާ މީހުންނަށް ގިނަވެގެން 100،000 ސައޫދީ ރިޔާލުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ސައޫދީ އިންޓީރިއަރ މިނިސްޓްރީން ކުރިން އިންޒާރު ދީފައިވެއެވެ.

ޙައްޖު ހުއްދަ ނެތި މައްކާއަށް މީހުން އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މީގެ އިތުރުން، އަދަބުގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް އަލުން ވަނުން 10 އަހަރަށް މަނާކުރުމާއެކު އެ ޤައުމުން ނެރެލުން ހިމެނެއެވެ.

މި މަހު ކުރީ ކޮޅުވެސް ޙައްޖު ހުއްދަ ނެތް ބަޔަކު މައްކާއަށް ވައްދަން އުޅުނު މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަހަރު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ވެސް އެކަކީ އިންޑިއާ މީހެކެވެ. އަނެއް މީހާ އަކީ މިސްރު މީހެކެވެ.