ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން
ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓްގައި ބުރިވި އެމީހާގެ އަތް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި މޭމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާގެ […]