ވަޒީރު މާރިޔާ ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފިއެވެ. ކެލާ ގްރީން ހައުސް އަކީ މެޕް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ރައްތަކުގައި ގެންދާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން ކެލާ ގައި ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނުގައި ހައްދާފައިވަނީ މިރުހާއި ކެޕްސިކަމް އެވެ. ވަޒީރު ޒިޔާރަތްކުރެއްވީ ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ކެލަޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވ...