މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,451 Stories
2,930 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދޯންޏެއް ފަރަށް އަރައި އަޑިއަށް، މީހުން ސަލާމަތްކޮށްފި
Raajje

ދޯންޏެއް ފަރަށް އަރައި އަޑިއަށް، މީހުން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށް ގޮއްސިއެވެ. މިއީ ”އަލްމަޖްރާ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ދޯނި އޮތީ ވެސް މުދާ ބަރުކޮށްފައެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ފަތިހު 5:34 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް […]

ކެނެޑާއިން ވެސް ޣާޒާ އަށް އެހީ ފޯރުކޮށްދީފި
International

ކެނެޑާއިން ވެސް ޣާޒާ އަށް އެހީ ފޯރުކޮށްދީފި

އިސްރާއީލްގެ އަނިޔާގައި ބަނޑަށް މަރުވަމުންދާ ޣައްޒާގެ ރައްޔިތުންނަށް ކެނެޑާއިން ވެސް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ. ކެނެޑާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކުރި ގޮތުގައި، ޣާއްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިވުމަށް 340 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއްގެ ބައެއްގެ ގޮތުގައި ކެނެޑާގެ އެހީ ޣައްޒާއަށް ވަނީ ފޯރުކޮށްދީފައެވެ. ފަލިސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ކޮންމެވެސް ވަރަކަށް ލުޔެއްދިނުމުން، ޖޯޑަންގެ އެހީތެރިކަމާއެކު ހުކު...

އިސްރާއީލުން ޣައްޒާގައި ޑޮކްޓަރެއްގެ ފަހަތުން ޑްރޯނެއް ފޮނުވައި ޑޮކްޓަރާއި ޢާއިލާ ޝަހީދުކޮށްލައިފި
International

އިސްރާއީލުން ޣައްޒާގައި ޑޮކްޓަރެއްގެ ފަހަތުން ޑްރޯނެއް ފޮނުވައި ޑޮކްޓަރާއި ޢާއިލާ ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގައި ޑޮކްޓަރެއްގެ ފަހަތުން ޑްރޯނެއް ފޮނުވައި، އެ ޑޮކްޓަރ އޭނާގެ ޢާއިލާ ތިބި ޓެންޓަށް ވަނުމުން ހަމަލާދީ ޑޮކްޓަރާއި ޢާއިލާ ޝަހީދުކޮށްލައިފިއެވެ. ޣައްޒާގައި މަސައްކަތްކުރުމަށްފަހު އެނބުރި ދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑޮކްޓަރެއްކަމަށްވާ ނަދާ އަލް-ހަދީތީ ‘ސްކައި ނިއުސް’ އަށް ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ޑްރޯނެއް ވަނީ އޭނާ އާއި އެކު މަސައްކަތްކުރި ޣާޒާގެ ޑޮކްޓަރެއްގެ ފަހަތުން ފޮނުވައި، އޭނާ ޓެންޓަށް ދިޔުމުން ހަމަލާދީ އޭނާ އާއި މުޅި ޢާއިލާ ވެސް ޝަހީދުކޮށްލާފައެވެ. އިސްރާއީލ...

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ
Raajje

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ. މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީގެ ނަން ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވުނު އިންޓަވިއުތަކަށް ފަހުގައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލައްވާފައިވަނީ ފެމިލ...

ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން ސިޔާސީ މަސައްކަތް ނުހުއްޓުވޭނެ: ޝުޖާޢު
Raajje

ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން ސިޔާސީ މަސައްކަތް ނުހުއްޓުވޭނެ: ޝުޖާޢު

ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތް ނުހުއްޓުވޭނެކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އޭނާ އާއި އޭނާގެ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޝުޖާޢު ވިދާޅުވެފައިވަނީ، އޭނާ އާއި އަދި އޭނާގެ ވިޔަފާރި ކުން...

ފަޅުރަށްތައް ''ވިއްކާލާފައި'' ސުވާލުކުރުމުން ނ.އަތޮޅުކައުންސިލްގެ އުދާސްތައް ބަންޑުން
Raajje

ފަޅުރަށްތައް ''ވިއްކާލާފައި'' ސުވާލުކުރުމުން ނ.އަތޮޅުކައުންސިލްގެ އުދާސްތައް ބަންޑުން

ނ. އަތޮޅުގައި ފަންގިވިނދެ، ރޯނު ވަށާ ރައްތަކާއި، ފަންގި އާއި ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތައް އޮޅުން ފިލުވައި މައުލޫމާތު އެއްކުރުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ނ. އަތޮޅު ކައުންސިލަށް ފޮނުއްވި ސުވާލުތަކަކާއި ގުޅިގެން އަތޮޅު ކައުންސިލްގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. މި މައުލޫމާތު ހޯދުމަށް ކުޑޫ، ނ. އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސުވާލުތައް ހިމެނޭ ސިޓީގައި ވިދާޅުވެފައި ވަނީ، ފަންގިވިނުމާއި ރޯނުވެށުމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރ...

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި
Thiladhunmathi News

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް، އެ މަރްޙޫމް ނިސްބަތްވެވަޑައިގެންފައިވާ ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޖަލްސާގައި ވަޙީދުގެ ޢާއިލާ އާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާއި، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އާއި މުޙައްމަދު ސަލީމް (ހޯރަފުށީ...

އެމްޑީޕީ ޖަގަހައަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

އެމްޑީޕީ ޖަގަހައަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި ޖަގަހަ ގޮތުގައި ބޭނުންކުރަމުން އަންނަ ދަނޑިކޮށި ޖަގަހަ އަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ރޭގެ ދަންވަރު 1:30 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި  މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ރަޒީން އަކީ މަސްތުގެ ހާލުގައި ހުރެ މީހުންނާއި […]

ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުގެ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުޙަބާ
Raajje

ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުގެ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުޙަބާ

ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ “ނިއުޔޯކް ޑެކްލެރޭޝަން” ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ. މި ޤަރާރަކީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ. ރައީސް މުޢިއްޒުގެ ބަޔާނުގައި މި ޤަރާރު ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރ...

ޓްރަމްޕާއި ނަތަންޔާހޫގެ އިންޒާރަކަށް ފްރާންސުން ނުބެލި، ޣައްޒާއަށް އެހީ ފޯރުކޮށްދީފި
News

ޓްރަމްޕާއި ނަތަންޔާހޫގެ އިންޒާރަކަށް ފްރާންސުން ނުބެލި، ޣައްޒާއަށް އެހީ ފޯރުކޮށްދީފި

ފްރާންސުން ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފިއެވެ. ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، އެ ޤައުމުން ވަނީ ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފައެވެ. “ހަލުވި އިންސާނީ ކާރިސާއަކާ ކުރިމަތިވެފައިވާތީ، ދެންމެ އަހަރެމެން ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވައިގެ މަގުން ފޯރުކޮށްދީފީމު،” މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. “ނަމަވެސް ވައިގެ މަގުން އެހީ ފޯރުކޮށްދިނުން އެކަނި ފުދޭނެ ކަމެއް ނޫން...

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަން 10 ދުވަސް
Raajje

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަން 10 ދުވަސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި ރޭ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަން 10 ދުވަސް ޖަހައިފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މުރުން 25 އަހަރުގެ މަސީޙް މޫސާ (ތ.ވިލުފުށި/ މަލަސް) އެވެ. ފުލުހުން މިރޭ ބުނިގޮތުގައި މަސީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ތަހްގީގްގެ ބޭނުމަށް އޭނާ ގެންގުޅޭ […]

މުސްލިމް ފުލުސް އޮފިސަރުގެ ޖަނާޒާ: ''އޭނާގެ އަސަރު ދެމިހުންނާނެ''
International

މުސްލިމް ފުލުސް އޮފިސަރުގެ ޖަނާޒާ: ''އޭނާގެ އަސަރު ދެމިހުންނާނެ''

އެމެރިކާގެ ނިޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓްގެ މުސްލިމް އޮފިސަރެއްކަމަށް ވާ ދިދާރުލް އިސްލާމް ހޯމަ ދުވަހު ބަޑީގެ ހަމަލާއެއްގައި މަރާލުމަކީ މުޅި ނިޔޯކް ފުލުހުންގެ ޢާއިލާއަށް ފުން ހިތާމައެއް ގެނެވިކަމެކެވެ. ބައެއް މީޑީއާތަކުން އެކަން ސިފަކޮށްފައި ވަނީ މުސްލިމް އޮފިސަރ ދިދާރުލް އިސްލާމް ދެން ނުފެނުނު ނަމަވެސް އޭނާގެ ހަނދާންތަކުގެ އަސަރު އަބަދަށް ދެމި ހުންނާނެކަމަށެވެ. އުމުރުން 36 އަހަރުގެ އޮފިސަރ ދިދާރުލް އިސްލާމް މަރާލާފައި ވަނީ މީހަކު، ނެޝަނަލް ފުޓްބޯޅަ ލީގުގެ ހެޑްކުއާޓާސް ހިމެނޭ މިޑްޓައުން ބިލްޑިނ...

ބޭހަށް ބޭރަށްދާ ދިވެހިންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފި
Raajje

ބޭހަށް ބޭރަށްދާ ދިވެހިންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފި

ސަރުކާރުގެ އެހީ ލިބިގެންނާއި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ބޭރަށްދާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ. އެންސްޕާގެ އެހީ ލިބިގެން ބޭހަށް ބޭރަށް ފުރާ ބަލިމީހުންނަށް 2000 ޑޮރަރު އަދި އަމިއްލަ ޚަރަދުގައި ބޭހަށް ދާ މީހުންނަށް 1000 ޑޮލަރު ލިބޭގޮތަށް، 1 އޯގަސްޓުން ފެށިގެން ހަދަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މި […]

ބޯޓެއްގައި ހުރި ފޮށިގަނޑަކުން ޑްރަގް ހޯދައި އަތުލައިގެންފި
Raajje

ބޯޓެއްގައި ހުރި ފޮށިގަނޑަކުން ޑްރަގް ހޯދައި އަތުލައިގެންފި

ލ. މާމެންދޫއަށް ދަތުުރުކުރި ބޯޓެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިތަކެތި ހޯދާ އަތުލައިގެންފައި ވަނީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއްގައެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއ...

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަސީޙް މޫސާ، ތ.ވިލުފުށި/ މަލަސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމާއެކު އޭނާ ގެންގުޅޭ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މަސީޙް މޫސާ ހައްޔަރުކޮށްފައިވާއިރު،...