މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,451 Stories
2,926 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ލާމަރުކަޒީ ގާނޫނަށް އިސްލާހް ހުށަހެޅީ އިންތިޚާބަކާއި ގުޅިގެންނެއްނޫން: ފަލާހް
Parliament

ލާމަރުކަޒީ ގާނޫނަށް އިސްލާހް ހުށަހެޅީ އިންތިޚާބަކާއި ގުޅިގެންނެއްނޫން: ފަލާހް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ އެއްވެސް އިންތިޚާބަކާއި ގުޅުވައިގެންނޫންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރ...

އަޤްޞާ މިސްކިތާއި ޤުދުސް ހިމާޔަތްކުރުމަކީ މުޅި އިންސާނީ މުޖުތަމައުގެ ޒިންމާއެއް: ތުރުކީ
International

އަޤްޞާ މިސްކިތާއި ޤުދުސް ހިމާޔަތްކުރުމަކީ މުޅި އިންސާނީ މުޖުތަމައުގެ ޒިންމާއެއް: ތުރުކީ

އިޒްރޭލުގެ ބައެއް ވަޒީރުން، އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި އަދި އިޒްރޭލްގެ ސެޓްލަރ ގްރޫޕްތަކާއެކު އަލް-އަޤްޞާ މިސްކިތަށް އާދީއްތަ ދުވަހު ވަދެގަތުން ތުރުކީވިލާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އާދީއްތަ ދުވަހު، އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހައްދުފަހަނައަޅާފައި ޖައްބާރު މިނިސްޓަރު އިތަމާރް ބެން ގަވީރް ހިމެނޭ ގޮތަށް ޔަހޫދީންތަކެއް ވަދެގަ...

ޣަނީ އަށް ކޮމިޓީން ރުހުންދީފި
Parliament

ޣަނީ އަށް ކޮމިޓީން ރުހުންދީފި

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ފެންނަކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ރުހުން ދީފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ވަނީ އުއްތަމަފަނޑިޔާރަކަށް ޢައްޔަނުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހަށް ފޮނުއްވި ނަންފުޅުއިއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ...

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
Raajje

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމް ވަނީ ބާއްވާފައެވެ. ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުން ކަމަށްވާއިރު، މި ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ޕްރޮގްރާމެކެވެ. މާލެ ސަރަހައްދުގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ހިންގަ...

ހަނގުރާމަ ހުއްޓާލުމަށް ޕްރެސަރކޮށްދިނުމަށް އިސްރާއީލުގެ ކުރީގެ އެތައްސަތޭކަ އޮފިޝަލުން ޓްރަމްޕަށް ގޮވާލައިފި
News

ހަނގުރާމަ ހުއްޓާލުމަށް ޕްރެސަރކޮށްދިނުމަށް އިސްރާއީލުގެ ކުރީގެ އެތައްސަތޭކަ އޮފިޝަލުން ޓްރަމްޕަށް ގޮވާލައިފި

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލްގެ ސަރުކާރަށް ޕްރެސަރކޮށްދިނުމަށް އެދި އިސްރާއީލްގެ އިންޓެލިޖެންސް އޭޖެންސީތަކުގެ ކުރީގެ އިސްވެރިންވެސް ހިމެނޭ ގޮތަށް އެތައްސަތޭކަ އިސްރާއީލީ ސެކިއުރިޓީ އޮފިޝަލުންތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލާފައިފިއެވެ. މިކަމަށް ގޮވާލައި އިސްރާއީލްގެ ކުރީގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ އެފަރާތްތަކުގެ ސިޓީއެއް މީޑިއާގައި ހިއްސާކޮށްފައެވެ. “އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ނިންމުމަކީ ހަމާސްއަކީ މިހާރު އިސްރާއީލަށް ސްޓްރެޓެޖިކް ނުރައްކަލެއް ނޫންކަން...

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މި އިލްތިމާސްކޮށްފައި ވަނީ މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީއެވެ. މި ދުވަސްވ...

ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި
Raajje

ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި

އަލް އަޤްސާ މިސްކިތަށް ޔަހޫދީން ވަދެގަނެ އިއްޔެ ހިންގި އަމަލުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ. މި ކަމާ ގުޅޭ ގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. “ބައިނަލްއަޤުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާ ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢ...

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް
Parliament

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ހަމަ އެދުވަހުއެވެ. ޖ...

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ރޭ ޢައްޔަންކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ. ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަ...

ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އިހްތިޖާޖުގައި ވިކީލީކްސްގެ ބާނީ އަސާންޖް ބައިވެރިވެއްޖެ
International

ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އިހްތިޖާޖުގައި ވިކީލީކްސްގެ ބާނީ އަސާންޖް ބައިވެރިވެއްޖެ

އޮސްޓްރޭލިޔާގެ ސިޑްނީ ހާބަރ ބްރިޖްގައި ފަލަސްތީނަށް ތާއީދުކޮށް އާދީއްތަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ ބޭއްވި އިހުތިޖާޖުގައި ވިކީލީކްސްގެ ބާނީ ޖުލިއަން އަސާންޖްވެސް ބައިވެރިވެއްޖެއެވެ. ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެ ސިޑްނީ ހާބަރ ބްރިޖް ސަރަހައްދު ފުރިބާރުވުމުގެ ސަބަބުން މި މަޝްހޫރު ތަން ބަންދުކުރަން ވެސް ޖެހުނެވެ. މި އިހްތިޖާޖުގައި ވިކީލީކްސްގެ ބާނީ ޖުލިއަން އަސާންޖް ވެސް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ވަނީ ބައިވެރިވެ ހިނގާފައެވެ. އިނގިރޭސިވިލާތުގެ ޖަލަ...

ބްލެކްމެއިލްކޮށްގެން ރުފިޔާ ހޯދި މައްސަލައަކާއި ޑްރަގް މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ބްލެކްމެއިލްކޮށްގެން ރުފިޔާ ހޯދި މައްސަލައަކާއި ޑްރަގް މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި ދެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔ...

އަލުން ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ޒަމާން ދެން އިއާދައެއް ނުކުރެވޭނެ: ފައްޔާޟް
Raajje

އަލުން ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ޒަމާން ދެން އިއާދައެއް ނުކުރެވޭނެ: ފައްޔާޟް

އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ މެމްބަރުން ރަށްރަށުގެ އާބާދީގެ ނިސްބަތަށް ބަހާލައި، އަތޮޅު ކައުންސިލްތައް އުވާލައި، ލާމަރުކަޒީ ޤާނޫނަށް އިސްލާހްތަކެއް ގެނައުމަކީ މި ސަރުކާރުގެ ވި...

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުން އޮސްޓްރޭލިޔާގެ އެތައްހާސް ބަޔަކު ސިޑްނީ ހާބަރ ބްރިޖް މަތިން ހިނގައިފި
International

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުން އޮސްޓްރޭލިޔާގެ އެތައްހާސް ބަޔަކު ސިޑްނީ ހާބަރ ބްރިޖް މަތިން ހިނގައިފި

އޮސްޓްރޭލިޔާގައި ދިރިއުޅޭ ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެ، ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލަމުން އާދީއްތަ ދުވަހު ސިޑްނީ ހާބަރ ބްރިޖް މަތިން ހިނގާލުމެއް ބާއްވައިފިއެވެ. ”މިޑްލް އީސްޓް މޮނިޓަރ”ގައި ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާގައި ދަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާތައް ބާއްވަމުންނެވެ. އަދި މިއީ ‘ޕެލެސްޓައިން އެކްޝަން ގްރޫޕުން’ އިސްނަގައިގެން ސިޑް...

ފެރިދޫ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދީފި
Raajje

ފެރިދޫ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދީފި

އއ. ފެރިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ވަޤުފު ފަންޑުން ފޯރުކޮށްދީފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ފެރިދޫގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ މި ޤުރުއާން ކުލާހުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ ވަޤުފު ފަންޑުން ފޯރުކޮށްދެވުނު ތަކެތި ހަރުކުރުމަށްފަހުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިހާރު އެ ތަކެތި ހަރުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރިއަށް ގެންދަމުންނެވެ. ދީނީ ކަންތައްތަކަށ...

ޑްރަގް އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި
Raajje

ޑްރަގް އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި ސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރުމުގެ އިތުރުން އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި ގެތައް ބަލައި ފާސްކުރުމުގައި ތިން ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ...