ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި ބަލަމުން އަންނަނީ މީސްމީޑިއާގައި ރައީސް މުޢިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން މައްސަލައެކެވެ. ރައީސަށް މަރުގެ އިންޒާރުދީ ޕޯސްޓެއްކޮށްފައި ވަނީ ‘’މަސީޙް މޫސާ’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުންނެވެ. އެމީހާ ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބި...