ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް
ހދ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށާއި އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ރޭ ހަވާލުކޮށްފި އެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގަ އެވެ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މ...