ހުޅުމާލެއިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލެ ހުޅުމާލެ ފޭސް އިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލްކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ޕިކަޕަކަށް މަޑުކުރުމަށް އިޝާރާތްކޮށް، ބަރުގޮނު އެޅުމުންވެސް މަޑުނުކޮށް ޒިގްޒެގްކޮށް އެކި މަގުތަކުން ދުއްވާފައިވެއެވެ. އެހެންވެ، ފުލުހުން އެ ޕިކަޕް ފަހަތުން ގޮސް ހުއްޓުވުމަށްފަހު، ޕިކަޕް ދުއްވި ފަރާތް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއަށްފަހު ޕިކަޕް ބަލައި ފާސްކުރުމުން 144 ދަޅު ބަނގުރާ ފެނުނު ކަމަށް...