ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ސީނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އިިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ބިންދޫކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައި ވިޔަސް، އެ ޕްރޮޖެކްޓް ވަކި ހިސާބަކުން ހުއްޓިފައި އޮންނަތާ އަހަރުތަކެއްވެފައިވުމާއެކު އެ ސަރަހައްދަކީ ފަޅަށް އޮންނަ ސަރަހައްދެކެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު، މެލޭޝިޔާގެ ފްރަންޓް އެންޑް ލެޝާ ކިޔާ ކުންފުންޏަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!