ހދ. ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެއްލައިދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ތަންތަނުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ނެއްލައިދޫ އައު މިސްކިތް
ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން، މިސްކިތުގައި ސޯލާ ހަރުކުރުމާއި، އޭސީ ހަރުކުރުމަށް ނިންމާފައިވާއިރު، މި މަޝްރޫޢުގެ ދަށުން މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމު ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް
އެރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާޓުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އެމްޓީސީސީގެ ސިއީއޯ އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫޢު އަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް އަހަރަކާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މިއީ ތަރައްޤީކުރަނީ 3 ފަންގިފިލާގެ ޢިމާރާތެކެވެ. މިޢިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އެހެނިހެން މުހިއްމު ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.
ނެއްލައިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ނެއްލައިދޫ ކައުންސިލްގެ ރައީސް އަލީފެވެ.
މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!