މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,449 Stories
2,797 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ
Thiladhunmathi News

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯ...

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި

ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުނ...

މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު
Raajje

މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 4:30 އިން ފެށިގެން ހެނދުނު 8:30 އާއި […]

ސިއްހީ ދާއިރާއަށް 500 މިލިޔަން، ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ ކަނޑައަޅަނީ
Thiladhunmathi News

ސިއްހީ ދާއިރާއަށް 500 މިލިޔަން، ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ ކަނޑައަޅަނީ

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ ދާއިރާއަށް 500 މިލިޔަން ރުފިޔާ، އަދި ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ އެކަށައަޅުއްވާނޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ށ.އަތޮޅުގެ ވެރިރަށް ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓަކީ […]

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި
Raajje

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި

ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓެކެވެ. ރައީސް މުޢިއްޒު މި އައިސްޕްލާންޓް ހުޅުއްވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ފުނަދޫގައި މި އައިސްޕްލާންޓް ޤާއިމްކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވ...

މަރޮށީ ސިއްހީ މަރުކަޒަށް މުވައްޒަފުންނާއި ވަސީލަތް ހަމަކޮށްދީ ޚިދުމަތް 24 ގަޑިއިރަށް
Raajje

މަރޮށީ ސިއްހީ މަރުކަޒަށް މުވައްޒަފުންނާއި ވަސީލަތް ހަމަކޮށްދީ ޚިދުމަތް 24 ގަޑިއިރަށް

މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް މަރޮށީ ސިއްހީ މަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަރޮށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން، ރައީސް މިއަދު ވިދާޅުވީ، އަންނަ އަހަރު މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް، ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށެވެ. އެގޮތުން، އަންނަ...

ޤައުމަށް ފުދޭވަރަށް ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އެބައޮތް: ރައީސް
Raajje

ޤައުމަށް ފުދޭވަރަށް ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އެބައޮތް: ރައީސް

ޤައުމަށް ފުދޭވަރަށް ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިންގެ މަސައްކަތުން އެނގިފައިވާކަމަށެވެ. އެހެންކަމުން، ރާއްޖޭގައި، ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކު...

30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް
Thiladhunmathi News

30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް

ކުރިއަށް އޮތް 30 މަސް ދުވަސް ތެރޭ ށ.މިލަންދޫގެ މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް އައު ބަނދަރެއް ހަދައި، އެރަށު އެއާޕޯޓް ތަރައްގީކޮށް ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިލަންދޫގެ ރައްޔިތުންނަށް ދެއްވައިފައިވާ އެންމެ ބޮޑު ވަޢުދަކަށް ވާނީ އެއަރޕޯޓް އެޅުމުގެ ވަޢުދު ކަމަށެވެ. އެއަރޕޯޓް އެޅުމަކީ މި ރަށަށާއި މި ސަރަޙައްދަށް ތަރައްޤީ […]

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި

ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޣެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެމްއޭސީއ...

ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި
Raajje

ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ވެސް ހިމެނެއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ: – މއ.އެވަރގްލޯ...

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް
Thiladhunmathi News

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް

ނަރުދޫގައި ނަރުދަމާ އެޅުމުގެ މަޝްރޫޢު ނޮވެމްބަރުގައި ބާރަށް ކުރިއަށް ގެންދެވޭނެކަމަށާއި، އެރަށުގައި ހަދާ ބަނދަރު ފުޅާކޮށްދީ އެތަން ތަރައްގީކޮށްދޭނީ ސޭފް ބަނދަރެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ބޮޑު ދެ މައްސަލައެއްގެ ގޮތުގައި ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ ކަމަށެވެ....

ދިއްދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ޑިސެމްބަރު މަހު ފަށަނީ
Thiladhunmathi News

ދިއްދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ޑިސެމްބަރު މަހު ފަށަނީ

ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ 45،000 ޓަނުގެ ޑްރެޖަރަކުން ކަމަށެވެ. އަދި މި މަސައްކަތް ގިނަވެގެން ތިން ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށްވެ...

ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން ކުޅުނު މެޗުން ބަލިވެ އިޒްރޭލު ކަޓައިފި
Sports

ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން ކުޅުނު މެޗުން ބަލިވެ އިޒްރޭލު ކަޓައިފި

އިޓަލީއާއި އިޒްރޭލާ ދެމެދު އިޓަލީގެ އުދިނޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުން އިޓަލީ 3-0 އިން މޮޅުވެ، އިޒްރޭލު ވޯލްޑްކަޕުން ކަޓައިފިއެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މެޗު ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން އިޒްރޭލުގެ ޓީމަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ދީގެންނެވެ. އިޒްރޭލުން ޣައްޒާގައި ކުރަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ދެ އަހަރު ދުވަހަށްފަހު ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، މި މެޗަކީ އެންމެ މ...

ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދޭނަން: ރައީސް
Raajje

ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދޭނަން: ރައީސް

އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ށ. ކޮމަންޑޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓ...

މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ
Thiladhunmathi News

މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ

ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. މިޔަގީންކަން އެ އެމަނިކުފާނު ދެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގ...