މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,800 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ
Thiladhunmathi News

މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ

ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. މިޔަގީންކަން އެ އެމަނިކުފާނު ދެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގ...

އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި
Raajje

އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފިއެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަ...

ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް
Thiladhunmathi News

ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް

ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްްވި ޖަލްސާގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި...

ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ
Raajje

ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ

ށ. ފޯކައިދޫ ސިއްހީ މަރުކަޒުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި އެ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދެއްވައި، އެކްސް-ރޭގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާ...

ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު
Raajje

ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން، ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މި މައުލޫމާތު ހާމަކުރައްވަމުން ބުނީ، ހައްޔަރުކުރެވުނު މީހުންނަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި މި ސިނގިރޭޓްތައް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި...

ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލާއި ހަވާލުކޮށްފި
Thiladhunmathi News

ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލާއި ހަވާލުކޮށްފި

ށ. ކޮމަންޑޫގައި ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި އެއް...

ފޯކައިދޫ ސްކޫލްގެ ބޭނުންވާ އާ އިމާރާތެއް، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅައިދެނީ
Thiladhunmathi News

ފޯކައިދޫ ސްކޫލްގެ ބޭނުންވާ އާ އިމާރާތެއް، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅައިދެނީ

މި އަންނަ އަހަރަށް ކަނޑައަޅާ މަޝްރޫޢުތަކުގެ ތެރެއިން ށ. ފޯކައިދޫ ސްކޫލްގެ ލެބްތަކަށާއި އޭވީ ރޫމަށް ބޭނުންވާނެ އައު އިމާރަތަކާއި، އެރަށުގައި ކުޅިވަރުގެ ދާއިރާއިން ، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވ...

ކުރުނބާ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި
Raajje

ކުރުނބާ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކުރުނބާ ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. މެރިން ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:15 ހާއިރު އެވެ. މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު، އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް މެރިން ޕޮލިހުން މަޢުލޫމާތު ދީފިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ. މި އެކްސިޑެންޓް ހިނގި ސަރަހައްދު...

ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި
Raajje

ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި

ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ. ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އ...

ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދޭނަން: ރައީސް
Raajje

ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދޭނަން: ރައީސް

ށ. ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ޗަކަ ބިން އޮތުުމުން އެ ގޯތިތައް ލިބުނު މީހުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދިނުމަށް އެތަނަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފީވަކަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް...

ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް، ނިންމައިދޭނީ ރައްޔިތުން އެދުނުގޮތަށް
Thiladhunmathi News

ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް، ނިންމައިދޭނީ ރައްޔިތުން އެދުނުގޮތަށް

ށ. ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް ހިންގައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢުތައް ނިންމައިދޭނީ ރަށުގެ ރައްޔިތުން އެދުނުގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފޭދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަށްވާފައެވެ. މިގޮތުން އެރަށުގައި މޫދަށް އެ...

ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
Thiladhunmathi News

ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ށ. ފޭދޫގައި އަޅަން ފަށާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ހޯއްދަވައި އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގަތް ފުރަތަމަ މަންޒިލަކީ އެ އަތޮޅު ފޭދޫއެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހި...

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމެއްނޫން: ރައީސް
Raajje

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމެއްނޫން: ރައީސް

މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރަށްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ރޭ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައް...

ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން
Thiladhunmathi News

ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން

ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކ...

ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ
Thiladhunmathi News

ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ

ށ. ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސިއްޙީ ދާއިރާއާ ގުޅިފައިވާ މި މުހިންމު މަޝްރޫޢަކީ، އެ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުން ކަމެއްކަމަށާއި، ސިއްހީ މަރުކަޒުގެ ޖާގައާއި، ވަސީލަތްތައް...