ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ.

މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓެކެވެ.

Ad
rt

ރައީސް މުޢިއްޒު މި އައިސްޕްލާންޓް ހުޅުއްވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފުނަދޫގައި މި އައިސްޕްލާންޓް ޤާއިމްކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. މި ޕްލާންޓް މެދުވެރިކޮށް އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ށ. އަތޮޅުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފުނަދޫގައި ގާއިމުކޮށްފައި ވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އައިސްޕްލާންޓެކެވެ.