ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ.

މި މަޝްރޫޢަކީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ކުޅިވަރުގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ ވެސް ހާއްސަ އިސްކަމެއް ދޭކަމެކެވެ.

ރައީސްގެ މިލަންދޫ ދަތުރުފުޅުގައި އެރަށު ފޭސް 2 ގެ މަގުތައް ހަދަން އާރުޑީސީ އަށް އަދި 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީ އާއި ހަވާލުކޮށްފައިވެއެވެ. އަދި އައު ހޮސްޕިޓަލް އަޅަން ފެށުމާއި، އިސްލާމީ މަރުކަޒުގެ މަސައްކަތާއި، އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.