ނައިބު ވަޒީރު ޖިހާދޭގެ ތުހުމަތު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް
“ވޭރިއޭޝަން”ގެ ނަމުގައި ކުންފުނިތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކުރައްވައި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުހައްމަދު އަހުމަދު (ޖިހާދޭ)، ކުރައްވައިފިއެވެ. މި ތުހުމަތުތައް ޖިހާދޭ ކުރައްވާފައިވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޖިހާދޭ ވިދާޅުވީ، ހުރިހާ ވައްކަމަކީ ސިއްރުގައި ކުރާ ކަމެއް ނޫން ކަމަށާއި، ބައެއް ވައްކަންތައް ވ...