ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ "ރަސްތަރި ޤުރްއާން މުބާރާތް 2025" މިއަދު ފަށައިފިއެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުދިން މި މުބާރާތުގައި އެ އަތޮޅުގެ ޖުމްލަ 7 ރަށަކަކުން ބައިވެރިވެއެވެ. އެއީ އިހަވަންދޫގެ އިތުރުން، މޮޅަދޫ، ކެލާ، އުތީމު، މާރަންދޫ، ބާރަށް އަދި ދިއްދޫ އެވެ.

Ad
rt

މި މުބާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ. މި މުބަރާތް މިމަހުގެ 29 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މި މުބާރާތަށް ބައިވެރިން ހޮވީ ބައިވެރިވި ކޮންމެ ރަށެއްގައި އޮޑިޝަނެއް ބާއްވައިގެންނެވެ. މި މުބާރާތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކޮންމެ ރަށަކަށް ދިނީ 10 ޖާގަކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސަބާޙް ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތް ފުރިހަމަ، ކޮލިޓީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން މި މުބާރާތް ކުރިއަށް ގެންދިޔުމަށް އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނާއި އަދި ބައިވެރިވި ރަށްތަކުންދިން އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މި މުބާރާތުގައި ޖުމްލަ 54 ދަރިވަރުން ބައިވެރިވެފައިވާއިރު، އިހަވަންދޫ ވަނީ ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރުވެފައެވެ.

މުބާރާތުގެ މަޤުސަދަކީ، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމަށެވެ.

އުމުރާ ދަތުރެއް ހިމެނޭހެން މި މުބާރާތުގައި ވަނަ ވަނަ އަށްދާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށްދާ ފަރާތައް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެއްވަނަ ރަށަށް ވެސް ދޭން ހަމަޖެހިަފއިވަނީ 10،000 ރުފިޔާއެވެ.