ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ތިލައުތުރު މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކެލާ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
މި މަސްރޭސް އަކީ އަތޮޅުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލާއި ކެލާ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މަސްރޭސް ބާއްވަން ނިންމާފައި ވަނީ ކެލާގައެވެ.
ކެލާ ކައުންސިލުން މިކަމާއި ގުޅިގެން ކުރި ޢިއުލާނުގައި ބުނެފައިވަނީ، ހއ.އަތޮޅު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ތިލައުތުރު މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަސްރޭސް އޮންނާނީ 2025 ޑިސެމްބަރ 10 ވާ ބުދާ ދުވަހުއެވެ. މިއީ އަތޮޅުގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޑިސެމްބަރ 01 ވަނަ ދުވަހުގެ 14:00 އެވެ. ބައިވެރިވުމަށް އެދޭ ފޯމް ކެލާ ކައުންސިލްގެ ރިސެޕްޝަންއިން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު Info@kelaa.gov.mv އަށް މެއިލްކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މި މަސްރޭސް ބޭއްވުމުގެ މަޤްސަދަކީ ހއ.އަތޮޅުގެ މަސްވެރިންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއަށް ހިތްވަރު ދިނުން ކަމަށް ކެލާ ކައުންސިލުން މަޢުލޫމާތު ދެއެވެ.
ސްރޭސް ކުރިއަށްދާނެ ގޮތް
- މަސްރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:30 ގައި،
- މަސްރޭހުގައި ބައިވެރިވާ އުޅަނދުތަށް ފުރުމަށް ހަމަޖެހިފައިވަނީ ބަނދަރުން،
- މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން ފުރަން ހަމަޖެހިފައިވާ ގަޑިއަކީ 14:30 ގައި، އަދި މަސް ބާނާ އެނބުރި
ބަނދަރަށް އައުމަށް ކަނޑައެޅިފައިވާ ވަގުތަކީ ރޭގަނޑު 20:30 އި، އަދި 20:30 ހުގެ ފަހުން އަންނަ ޓީމުތަށް މި
މުބާރާތުން ޑިސް ކޮލިފައިވާނެ.
ސްރޭހުގައި ޓީމްތަށް ބައިވެރި ކުރުން،
- މަސްރޭހުގެ ބައިވެރިވާ ޓީމްތަކުގެ އަދަދު ވާންވާނީ މަދުވެގެން 3 މެމްބަރުން އަދި ގިނަވެގެން 10 މެމްބަރުންގެ ހިމެނޭ
ޓީމްތަކެއް، - މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން ފުރަން ތައްޔާރުވެގެން ކަނޑައެޅިފައިވާ ގަޑީގެ 30 މިނެޓް ކުރިން ބަނދަރަށް
ހާޟިރުވާންޖެހޭ، - ޓީމު ލިސްޓުގައި ނެތް ބައިވެރިއަކު އެ ޓީމަކުން ބައިވެރި ނުކުރެވޭ،
- ޓީމު ލިސްޓައް ބަދަލުގެނެވޭނެ އެންމެ ފަހު ތާރީހަކީ 7 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މުބާރާތުގެ އެއްވަނަ އަށް އަންނަ ޓީމަކަށް 20،000 ރުފިޔާ، ދެވަނަ އަށް އަންނަ ޓީމަކަށް 15،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 10،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. އަދި އެންމެ ބަރު މަހެއްބާނާ މީހަކަށް 2500ރ. ދިނުމަށް ވަނީ ނިންމާފައެވެ.
މި މަސްރޭހުގެ ބައިވެރިން ބާނާ މަސް ވާންޖެހެނީ ފިޝަރީޒް މިނިސްޓްރީން ބޭނުމަށް ހުއްދަކޮށްފައިވާ މަހުގެ ބާވަތަކަށެވެ. އަދި މަސްރޭހުގެ ބައިވެރިވާ ޓީމްތަކުގެ އަދަދު މަދުވެގެން 3 މެމްބަރުން އަދި ގިނަވެގެން 10 މެމްބަރުންގެ ހިމެނޭ ޓީމްތަކަކަށްވާންޖެހޭނެކަމަށް މި މުބާރާތުގެ އުސޫލުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!