ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުއްވައިދެއްވީ މިއަދު 11:30 ހާއިރު ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި އެތަން ހުޅުއްވައި ދެއްވުމަށްފަހު ޝަހީމް ވަނީ ނއިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރަށްވާފައެވެ.

Ad
rt

މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާ އަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި، މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ ރޫމާއި، އޮފީސް އިމާރާތް އަދިި ސައިކޮޓަރި ހިމެނޭހެންނެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިއްދޫގައި ގާއިމުކުރި އިސްލާމީ މަރުކަޒު ނިންބަތްކޮށްފައި ވަނީ، މާލޭގެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ އިސްލާމީ ކުތުބު ޚާނާ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައިކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކުރެވިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދއްދޫ އިސްލާމި މަރުކަޒުގެ ޖަލްސާކުރާ މާލަން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

''މި މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ހުޅުވިގެންގޮސްފައި މިވަނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަދުގެ ސަރުކާރުން ކުރިއަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން'' އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް މުޅި ޖުމްލަ 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ކުރިން ސަރުކާރުން ބުނެފަވެއެވެ.