ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވަން ހަމަޖައްސާފައި ވަނީ މާދަމާގެ ހުކުރު ކުރިން 11:30 ހާއިރުއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، އެރަށުގައި ގާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެފަހުގެ ވަމުން އަންނަކަމަށެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ ފަހުގެ ތައްޔާރީތައް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
''މިއަދު ހަވީރު ރައްޔިތުން ނުކުމެ އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދު ވަނީ ސާފުކޮށްފައި، އަދި ބަގީޗާ ގަސް ވެސް މިހާރު ވަނީ އިންދާފައި، މާދަމާ ބާއްވާ ބޮޑު ޖާފަތުގެ ކަންކަން ވެސް ކުރިއަށްދާނެ'' އޭނާ ވިދާޅުވިއެވެ.'
ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ
އޭނާ ވިދާޅުވީ، އެރަށުގައި ގާއިމުކުރާ އިސްލާމީ މަރުކަޒުގައި މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާ އަކާއި އަދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުވެފައި ހުރުމަކީ އިސްލާމީ ކަންކަމާއި ތައުލީމު ފޯރުކޮށް ދިނުމަށް ލިބޭނެ އިތުރު ބާރެކެވެ. އަދި އެތަނުގައި މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ ރޫމާއި އަދި އޮފީސް އިމާރާތެއް ހުރުމާއެކު އެއީ ދީނީ ކަންކަމާއި ތަަޢުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ ފަހުގެ ތައްޔާރީތައް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ސިފަކުރެއްވީ، އެއީ ސަރުކާރުން ދިއްދޫ ރައްޔިތުންނަށް ދެއްވި އަގުބޮޑު ހަދިޔާއެއްގެ ގޮތުގައެވެ.
''އިސްލާމް ދީނަށްވުރެ އަގުބޮޑު ދީނެއް ނެތް، ނުވަސް އޮންނާނެ، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ދިން އަގުބޮޑު ހަދިޔާއެއް'' ލަތީފް ވިދާޅުވެފަވެއެވެ.

ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މާދަމާ ހުޅުއްވައިދެއްވާނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ވެސް ކުރަށްވާނީ ޝަހީމެވެ.
ދިއްދޫގައި ގާއިމުކުރި އިސްލާމީ މަރުކަޒު ނިންބަތްކޮށްފައި ވަނީ، މާލޭގެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!