ހއ. ކެލާ ކުޅިން ފެނުނު ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ "ބުރުގެރިއާ ހެނެސީ" ގަހަށް ''ކެލަވަކި'' ނަން ދީފިއެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ބުނީ ރާއްޖޭގައި ''އަލަށް ރެކޯޑް ކުރެވުނު'' މެންގަރޫވްގެ ބާވަތް "ބުރުގެރިއާ ހެނެސީ" އަށް މިހާރު ދިވެހި ބަހުގެ އެކަޑަމީއިން ދިވެހި ނަމެއް ފާސްކޮށްފައި ވާ ކަމަށެވެ.

Ad
rt

އެ މިނިސްޓްރީއިން އިތުރަށް ބުނީ އެ ގަހަހަށް ''ކެލަވަކި'' ކިޔާފައި ވަނީ މިބާވަތުގެ އެހެން ގަސްގަހަށް ކިޔާފައިވާ ނަން ނަމަށާއި، ''މިބާވަތް ފުރަތަމަ ފެނުނު'' ކެލާއަށް ނިސްބަތް ކުރެވޭ ގޮތަށް ކަމަށެވެ.

މިގަސް ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެދުވަހު އެ މިނިސްޓްރީއިން ބުނީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިފައިވާކަމަށެވެ.

ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާ ކަމަށާއި، ނަމަވެސް މިމޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލަ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން އެދުވަހު ބުނެފައިވެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މީގެ ގަސް ކުރީންވެސް ރާއްޖެއިން ފެނިފައިވާ ކަމަށް ބުނެފައިއެވެ. މި ގޮތުން އޮސްޓްރޭލިއާއިން ތިމާވެށީގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ އެކްޓިވިސްޓް، ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް (އެޑަމް) ބުނީ މިއީ އުތުރުން މީގެ ކުރިންވެސް ފެނިފައިވާ ގަހެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މިގަސް ފެނިފައިވަނީ ކުޅުދުއްފުށީ ކުޅިން ކަމަށާއި މީގެއިތުރުން ކެނދިކުޅުދޫ އަދި ވައިކަރަދޫއިން ވެސް މިގަސް ފެނިފައިވާމަށް އެޑަމް ވަނީ ބުނެފައި އެވެ. އެޑަމް ބުނެފައި ވަނީ މީގެ ކުރިންވެސް މި ގަސް ފެނިގެން ވާނީ ރެކޯޑު ކޮށްފަ ކަމަށާއި، އަދި ބައެއް ރަށްރަށުގައި މި ގަހަށް މާކަނޑޫ އަދި އަނެއްބައި ރަށްރަށުގައި ބޮޑުކަނޑޫވެސް ކިޔާ އުޅޭ ކަމަށެވެ.

އެޑަމް އިތުރަށް ބުނެފައިވަނީ، މި ގަހަކީ އެންވާރަމެންޓް މިނިސްޓްރީއަށް އަލަށް ފެނިފައިވާ ގަހަކަށް ވީ ނަމަވެސް، ރަށުގައި ޤާއިމުވެ އުޅޭ ރަށުގެ ރައްޔިތުންނަށް މި ގަސް އަލެއް ނޫން ކަމަށެވެ. އަދި މި ރަށްރަށުގެ އަހުލުވެރިންނަށް މި ގަހާއި މި ގަހާ އެންމެ ވައްތަރު ބޮޑުވަތްކާވެސް ވަކިކުރަން އިނގޭކަމަށެވެ.

ނަމަވެސް އެވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވަނީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މިބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ، މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައެވެ. ކެލައިން މިނިސްޓްރީއަށް ފެނިފައިވަނީ މޭގެ 4 ގަހެވެ.

މިނިސްޓްރީއަށް އަލަށް ރާއްޖޭގެ ކަނޑޫފަލަކުން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ.

https://thiladhun.wonstasite.com/44788