އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން ދެންމެ ވިދާޅުވީ އޭނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ.
އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު ފެނުނީ، އައިޖީއެމްއެޗާ ދިމާ ބޭރުގައި މޫދުން މިއަދު ހެނދުނު 10:40 އެހާކަންހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ، ފީނަން ގޮސް އުޅުނު ބަޔަކަށެވެ. އިރުއޮއްސި ހަތެއް ޖެހުމާ ހަމައަށް އެމީހާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗުގަ އެވެ.
އޭނާގެ ހަށިގަނޑުގައި ސީރިއަސް ޒަހަމްތަކެއް ހުރި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ނުބުނެ އެވެ. ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!