ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮށްވާ ފެނިފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

Ad
rt

އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:40 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.