ފީނަން އުޅެނިކޮން ހާލު ދެރަވެގެން ފަރުވާ ދެމުން އައި ހދ. މަކުނުދޫ ޒުވާނާގެ ހާލު ރަނގަޅުކަމަށް ބުނެފި އެވެ.
ރ. އަލިފުށި ކައިރިއަށް ފީނަން ގޮސް އުޅެނިކޮން ހާލު ދެރަވި ޒުވާނާއާއިއެކު ފީނަން ދިޔަ އަޙްމަދު ޝިޔާމް "ތިލަދުން'' އަށް މަޢުލޫމާތުދެމުން ބުނީ އެޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިރޭ ހާދު ދެރަވެގެން ފަރުވާ ދެމުން އައިސްފައިވަނީ 33 އަހަރުގެ އަޙްމަދު އާސިފް އެވެ.
" އިރާދަ ކުރެއްވިއްޔާ އާސިފްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުން، މިހާރު ވާހަކަ ވެސް ދެއްކޭ"
ޝިޔާމް ބުންޏެވެ.
Breaking News:
Miadhuge iru Ossunu Vaguthu Alifushy Kairiah Feenan feybi Makunudhoo 4 Meehun thibi Dingy ehge Meehaku...
Posted by AlifushiLive on Wednesday, October 21, 2020
މިއަދު އިރުއޮއްސޭކަށްހާއިރު އަލިފުށި ބޭރުން ހިނގި މި ހާދިސާގައި ހާލު ދެރަވި އާސިފްއަށް މިހާރު ފަރުވާ ދެމުން އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. އާސިފް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ އަލިފުއްޓަށްށެވެ.
ޝިޔާމް ބުނީ ފީނަން ދިޔައީ ފުޅި ނާޅާ ކަމަށެވެ. ޑިންގީގައި ފީނަން ދިޔައީ 4 މީހުންކަމަށް ވެސް ޝިޔާމް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!