ތ. އަތޮޅު ހިރިލަންދޫގައި އަޅަމުން ދިޔަ އޮޑި ހަރުގެއެއްގެ ބައެއް ވެއްޓި، އެ މައްސައްކަތުގައި އުޅުނު 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލު ''ތިލަދުން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 3:30 ހާއިރު ކަމަށެވެ.
އަޅަމުންދިޔަ އޮޑިހަރު ގޭގެ ބައެއް ވެއްޓި، އެ ހަރުގެ ދަށުވުމުގެ ސަބަބުން އެ މަސައްކަތުގައި އުޅުނު 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު އިތުރު 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ޖަލާލު ވިދާޅުވިއެވެ.
'' ސީރިއަސް އަނިޔާތައް ލިބުނީ 2 ދިވެހިންނަށާއި، 2 ބިދޭސީންނަށް، އެ ހާދިސާގައި އަނިޔާ ލިބުނު އެންމެން މިހާރު ވަނީ އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ފޮނުވާލެވިފައި''
ޖަލާލު ވިދާޅުވިއެވެ.
ޖަލާލު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްޞީލް އެނގޭނީ ޑޮކްޓަރުންގެ ތަހުލީލު ތަކަށް ފަހުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!