Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,290 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

''ސަންބޯސާ'' ދުލެއް ނުކުރާނެ
Column

''ސަންބޯސާ'' ދުލެއް ނުކުރާނެ

”ސަންބޯސާ”އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ”ސަންބޯސާ” ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ”ސަންބޯސާ” ތައްޔާރު ކުރާނެ ގޮތް ބަލައިލަމާ ހިންގަވާށެވެ. ތަފާތުތައް އެނގޭނެއެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ފިނޭގެ ރަހަތަށް މީރުވެފައި، ކަމުދާނެ ކަމެވެ. ސަންބޯސާއަކީ ކުރީ ޒަމާނުއްސުރެ ފިނޭގައި ކޭމަށް ލުމަށް، ފާތިހާތަކަށް، ހަވީރު ސަޔަށް އަދި ކައިވެނީގެ ހަފު...

ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ
Thiladhunmathi News

ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ

އިންތިހާއަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ހއ. ދިއްދޫގެ، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ. އެ އިންތިޒާރު ނިމުމަކަށް ގެނުވާނެ، ދިއްދޫ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމު ގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުނހަވާލުކޮށްފައި ވަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ، ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 180 ދުވަހުގެ ތެރ...

''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި
Thiladhunmathi News

''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި

މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ”ސާރާއާއިއެކު މަކުނުދޫ” ކެމްޕެއިން މި މަހުގެ 5 ގެ ނިޔަލަށް ދަންމާލައިފިއެވެ. ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނ...

ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި
Thiladhunmathi News

ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިރޭ ދަންވަރު 02:00 ގައި ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު – ހުޅަނގުއުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށެވެ. މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތ...

ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި
Thiladhunmathi News

ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންބުނީ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ވައި.އެލް ސަޕްލައި ކުންފުންޏާއި ކަމަށެވެ. އެމިނިސްޓްރީއިން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރިޗު މަހު ކަމަށެވެ. ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރ...

ސަމާލުވޭ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި
Raajje

ސަމާލުވޭ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނީ “ބުރެވި” ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ. މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ...

އޫރިދޫގެ ޑިޖިޓަލް ޕާރޓްނާރކަމާއި އެކު "ވަރޗުއަލް ރިއަލިޓީ ކެފޭ" ހުޅުވައިފި
Business

އޫރިދޫގެ ޑިޖިޓަލް ޕާރޓްނާރކަމާއި އެކު "ވަރޗުއަލް ރިއަލިޓީ ކެފޭ" ހުޅުވައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި “ވީއާރް ކެފޭ” އަމީނީ މަގުގައި ހުންނަ މާލެ ސްކޮޔާގެ ފުރަތަމަ ފްލޯގައި ހުޅުވައިފިއެވެ. މިކެފޭ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ. ވީއާރް ކެފޭގެ ނަމުގައި މާލޭގައި މުޅިން އަލަށް ހުޅުވުނު މިކެފޭ އަކީ ރާއްޖޭގައި އެޅިގެން ދިޔަ ވާޗުއަލް ރިއަލިޓީގެ މުހިންމު ބިންގަލެކެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މ...

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފި
Raajje

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފި

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިސްއަށް މިއަދު ފާސްކޮށްފިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. އަންނަ އަހަރަށް ލަފާކޮށް ފާސްކުރީ 34،922،716،599 ރުފިޔާގެ ބަޖެޓެކެވެ. ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއިން މަޖިލިސްއަށް ހުށަހެޅުއްވީ 34،787،720،151 ރުފިޔާގެ ބަޖެޓެކެވެ. މަޖިލިސް ބަޖެޓް ކޮމެޓީއިން ބަޖެޓްގެ މަސައްކަތްކޮށް، ފާސްކުރަން ތ...

މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
Thiladhunmathi News

މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އެރަށުގައި ހިންގި ގިރާއަތު ލެވެލް 2، ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ އެމްވައިއެމްއާއި، ”އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާ” ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް ކޯހެކެވެ. މަކުނުދޫގެ ރައްޔިތުން ކީރިތި ޤުރުއާނަށް ވީހާވެސް ބޮޑަކަށް އަހުލުވެރިކޮށް، ތަޖުވީދުގެ ހަމަ...

ރާއްޖެއަށް ފުރަތަމަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެ
Raajje

ރާއްޖެއަށް ފުރަތަމަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިގެންއެވެ. މި އެވޯޑު ރާއްޖެ އަށް ލިބުނީ ރޭ  ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފިނާލޭގައި ދުބާއީ އާއި މެލޭޝިއާ އާއި ސްޕެއިން އާއި މޮރިޝަސް އަދި ސްރީ ލަންކާ ހިމެނޭހެން 22 ޤައުމަކާއި ވާދަކޮށްގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މިލިބުނު ބޮޑު ކާމިޔާބާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ […]

އަނެއްކާވެސް މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ
Raajje

އަނެއްކާވެސް މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަހަށް ގޮސް އުޅެނިކޮށް ލޮލަށް ބުޅިއެއް ހެރުނު ޒުވާނަކަށް އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ އެޒުވާނާގެ ލޮލަށް ބުޅިހެރުނީ، މ. މުލަކުގެ އިރުން 12 ނޯޓިކަލް މޭލު ބޭރުގައި ”ހާސިލް 2” ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. ލޮލަށް ބުޅި ހެރިގެން އަވަސް ފަރުވާއަށް ގެންގޮސްދިނީ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެހާދިސާ […]

ޢާއިލާއަކަށް ގޯނާކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
Raajje

ޢާއިލާއަކަށް ގޯނާކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. އެގޮތުން ރޭ 22:30 ގައި […]

ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ފުނަދޫ ހޮސްޕިޓަލުން މިއަދު ވަނީ ރަސްމީކޮށް އެ ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްފަށައި، އެތެރެހަށީގެ ޑަކްޓަރެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރަށްވާފައެވެ. ފުނަދޫ ހޮސްޕިޓަލްގައި އަލަށް މިފެށުނު ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން” އަށ...

ކޭއާރުއެޗްގައި ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް
Thiladhunmathi News

ކޭއާރުއެޗްގައި ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. ކޭއާރުއެޗުން ބުނީ މި ކޭމްޕަކީ، އެ ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕަރޓްމަންޓްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. މިފެށޭ ޑިސެމްބަރު މަހުގެ 6 އިން 12 އަށް އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މިކޭމްޕް އަމާޒު ކުރެވިފައި ވަނީ 3 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ވެސް ކޭއާރުއެޗްއިން ބުންޏެވެ. މ...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ
Thiladhunmathi News

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ށ. ފޭދޫ، ޗޭނުގެ، ސަޢީދު ޙަސަން ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ، ފުލުހުން ވިދާޅުވީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުންދާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ށ. ފޭދޫ، ޗޭނުގެ، ޢުމުރުން 47 އަހަރުގެ ސަޢީދު...