ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންބުނީ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ވައި.އެލް ސަޕްލައި ކުންފުންޏާއި ކަމަށެވެ.
އެމިނިސްޓްރީއިން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރިޗު މަހު ކަމަށެވެ.
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު އެވެ.
ހެރިޓޭޖް މިނިސްޓްރީއިން ވިދާޅުވީ، އަމާޒަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށެވެ. އެގޮތުން މި ކޮމްޕްލެކްސްގައި ދާރުލްއާސާރަކާއި، ބޮޑެތި ޖަލްސާތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލަކާއި އަދި ސުވެނިއަރ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށްވަނީ ނިންމާފައެވެ.
ތާރީހީގޮތުން ފާހަގަކުރެވޭ އުތީމުގައި ދާރުލް އާސާރެއް ތަރައްގީކުރަން މިއަހަރުގެ ބަޖެޓްގައި މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަޖެޓްގައި ޖަހާފަ އެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.
މިހާރުވެސް ކޮންމެ އަހަރަކު ގިނަ ބަޔަކު އެރަށުގެ ތާރީހީ ބިނާތައް ބަލާލުމަށް އަންނަނީ ޒިޔާރާތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!