އިންތިހާއަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ހއ. ދިއްދޫގެ، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ.
އެ އިންތިޒާރު ނިމުމަކަށް ގެނުވާނެ، ދިއްދޫ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމު ގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުނހަވާލުކޮށްފައި ވަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ، ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެމަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިން ނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޕްލޭނިން މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި އެ މަޝްރޫޢުއަކީ ޑިޒައިނިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުކެވެ. އަދި މަޝްރޫޢުގެ އަގަކީ 10 މިލިއަން ރުފިޔާގެ ކަމަށް ވެސް އެ ނިސްޓްރީން ބުނެ އެވެ.
ޕްލޭނިން ނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ޖިއޯ، ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަހައްދުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެ އެވެ.
ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ރަށް ރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާއްމުންގެ މުދަލާއި ގެދޮރަށް ގެއްލުންވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާއްމުންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވުމާއެކު ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދުމަކީ މުހިއްމުކަމަށް ދެކި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ އެފަދަ ކުއްލި ހާލަތު ދިމާވެފައިވާ ރަށް ރަށުގެ ލިސްޓުގައި ދިއްދޫ ވެސް ހިމެނޭތީ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!