ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ށ. ފޭދޫ، ޗޭނުގެ، ސަޢީދު ޙަސަން ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ،

ފުލުހުން ވިދާޅުވީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުންދާ ކަމަށެވެ.

Ad
rt

މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ށ. ފޭދޫ، ޗޭނުގެ، ޢުމުރުން 47 އަހަރުގެ ސަޢީދު ޙަސަން ކަމަށް ފުލުހުން ވިދާޅުވިއެވެ.

''ސަޢީދު ޙަސަން ހޯދަމުންދަނީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ ޑައިމޯފިނުން މުޢާމަލާތްކުރުމާއި ބަނގުރާ ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ޑިސްމްބަރު 02 ވަނަ ދުވަހުގެ 10:30 އަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.''

ފުލުހުން ވިދާޅުވެފައިވެއެވެ.

ސަޢީދު ޙަސަނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.