މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނީ "ބުރެވި" ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން
ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

Ad
rt

މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުންޏެވެ. އަދި ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ދަނީ އިތުރަށް ބާރު ގަދަވަމުން ކަމަށް ވެސް އެ މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުންޏެވެ.

''ލަފާކުރެވޭ ގޮތުގައި މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވެއެވެ. މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މިއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެ ވާހަކަ ދެންނެވީމެވެ.''

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން އިން މަޢުލޫމާތު ދެއްވާފައި ވެއެވެ.

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާކަމަށް އިއްޔެ ވަނީ ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަ ކޮށްފައެވެ.

ތޫފާން ބުރެވި އާއި ގުޅިގެން ލަންކާގައި ވަނީ ރަތް ސަމާލު ނެރެފައެވެ.