ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި
ށ. ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފަ އެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރޭ 20:14 އިން ފެށިގެންނެވެ. ގޮއިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ސާމްޕަލްތަކުން ތިންމީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއ...