ކުޅުދުއްފުށީ ސިޓީން ނެގި ހުރިހާ ރެންޑަމް ސާމްޕަލްއެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ.
ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި އެ ސިޓީއިން 134 ރެންޑަމް ސާމްޕަލްއެއް ނެގިއެވެ.
މިރޭ ވެސް އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާއި ވަރަށް ބޮޑަށް ގުޅިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަ ކުރަށްވައެވެ.
އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ އެ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވެގެން މެއި 2 ވަނަ ދުވަހު އެވެ.
މި ކޭސްތަކާއި ގުޅިގެން މިވަގުތު އެ ސިޓީގެ 13 ގެއެއް ވަނީ މޮނީޓަރިން ލާފައެވެ. އެ ކޭސްތަކާ ގުޅިގެން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!