ށ. ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފަ އެވެ.

Ad
rt

އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރޭ 20:14 އިން ފެށިގެންނެވެ.

ގޮއިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ސާމްޕަލްތަކުން ތިންމީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއަދުއެވެ.

ގޮއިދޫން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ޒަރޫރީ ބޭނުމެއްގަ ނޫންގޮތަކަށް ގެއިން ބޭރަށް ނުނުކުތުމަށް އެރަށުގެ ކައުންސިލުން ވަނީ އެދިފައެވެ. އަދި މިވަގުތު ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާތީ، ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއްވާނަ އެރަށުގެ ސިއްހީ މަރުކަޒުގެ 7410898 ނަމްބަރު ފޯނަށް ގުޅުމަށް ވެސް އެކައުންސިލުން ވަނީ އެދިފަ އެވެ.

ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންނަށްލީއިރު، އެ އަތޮޅުގެ އިތުރު ދެ ރަށެއް ވެސް އެހާލަތުގައި އެބައޮތެވެ. އެއީ ވެރިރަށް ފުނަދޫއާއި ޅައިމަގެވެ.