ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ.

ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، އަޖީއެމްއެޗްގެ އީއާރުގައި ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފަ ވާކަމަށެވެ.

Ad
rt

މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 85 އަށް އެރީއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އަދި ރަނގަޅުވާން ފަށާފައިނުވާއިރު އަދި ވެސް ޕޮޒިޓިވްވާ ޢަދަދު ދަނީ މައްޗަށެވެ.

އިއްޔެ 1091 މީހަކު މި ބަށްޔަށް ޕޮޒިޓިވްވެފަ ވެއެވެ. އެއީ މާލޭ ސަރަހައްދުން ބަލި ޖެހުނު 933 މީހުންނާއި، އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި 147 މީހުންނެވެ. ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް 35،815 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ.