އެވިޑުގެ އާޓްސް އެންޑް ލިޓަރޭޗަރ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް
އެވިޑް ކޮލެޖުން އާޓްސް އެންޑް ލިޓަރޭޗަރގެ ނަމުގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް އަލީ ހަމަޖައްސައިފިއެވެ. މިއަދު ހެނދުނު، އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައި އަޝްރަފް ޢަލީއަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ. އެކަމާ ގުޅިގެން އަޝްރަފް ވިދާޅުވީ އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަނެ، އެފަދަ މަގާމެއް ދެއްވިކަމަށްޓަކާ އުފާކުރައްވާ ކަމ...