ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ އަށް ތާވަލްކޮށްފިއެވެ.

މާދަމާ އަށް ތާވަލްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ. މި ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ.

Ad
rt

މި މައްސަލައާއި ގުޅޭ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ދައުލަތުންވެސް އަދި ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ފަރާތުންވެސް ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކެއް ހުރިކަމަށް ވިދާޅުވެފައިވާތީ ގާޒީ ވަނީ އެ ހުށައެޅުންތައް ހުށަހެޅުމަށްޓަކައި 10 ދުވަހު ފުރުސަތެއް ދެއްވާފައެވެ.

މި ދައުވާތައް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކަންކަމާ ގުޅިގެންނެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ވަނީ ތުހުމަކޮށްފައެވެ. އަދި މި މައްސަލާގައި ސަން ސިޔާމްގެ ދެ ކުންފުންޏަކަށް ވެސް ދައުވާކޮށްފައިވެއެވެ.